ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި މިއަދު ކުރައްވައިފި

ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، މަޤާމުން މިއަދު އިސްތިޢުފާދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެމަގާމް ފުރުއްވަމުން ގެންދެވި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ޤާނޫނުއަސާސީގެ 126 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި މިއަދު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެގޭގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކޮށް އެހުވައިގެ އިޤްރާރުގައި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި އުއްތަމަފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙަސަންގެ ޙާޒިރުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙަސަން އެވެ.

15 ރަބީޢުލްއައްވަލް 1433

7 ފެބްރުއަރީ 2012