ރައްޔިތުންގެ މަޖިލީހުގެ ރައީސް ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގެ ސްޕީކަރ އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގެ ސްޕީކަރ އޮނަރަބަލް ވޭޑް މާކް އާއި 9 ޖެނުއަރީ 2011 ވީ ހޯމަދުވަހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޓްރިނިޑޭޑް އެންޑް ޓޮބޭގޯއަށް ވަޑައިގެންދެއްވިކަމަށްޓަކައި މަޖިލީހުގެ ރައީސްއަށް ޝުކުރު އަދާކުރެއްވިއެވެ. މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުުވަތު ދެއްވިކަމަށްޓަކައި ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ސްޕީކާރއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަގުގައި ދެޤައުމުގެ ޤާނޫނުހަދާމަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުމާއިބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.