ބައެއް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސުންނާއި މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

9 ޖެނުއަރީ 2011 ވީ ހޯމަދުވަހު، ކޮމަންވެލްތްގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި ޕްރިޒައިޑިންގ އޮފީސަރސް ގެ 21 ވަނަ ބައްދަލުވުމަށް ވަޑައިގެންނެވި ބައެއް ޤައުމުތަކުގެ ޤާނޫނުހަދާމަޖިލީހުގެ ރައީސުންނާއި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކެންޔާގެ ޤާނޫނުހަދާމަޖިލީހުގެ ރައީސްއާއި ޕާކިސްތާނުގެ ޤާނޫނުހަދާމަޖިލީހުގެ ރައީސްއާއި އިންޑިޔާގެ ޤާނޫނުހަދާމަޖިލީހުގެ ރައީސްއާއި މެލޭޝިއާގެ ޤާނޫނުހަދާމަޖިލީހުގެ ރައީސްއާއި ސޭޝެލްސް ގެ ޤާނޫނުހަދާމަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވައެވެ.

މިބޭފުޅުންނާއި ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މިޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުުރުން ތިމާވެށީގެ މައްސަލަތާކާއި ބެހޭގޮތުން މިބޭފުޅުންނާއި މަޝްވަރާކުރެއްވިއެވެ.