މޮރިޝަސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

މޮރިޝަސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މރ. ރާޖްކެޝްވުރް ޕްރީޔަގް އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިއްޔެ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް މައުލޫމާތު ބަދަލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

17 ޞަފަރް 1433

11 ޖެނުއަރީ 2012