ކޮމަންވެލްތް ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރެސައިޑިންގް އޮފިސަރސް ގެ 21 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި

ރިޕަބްލިކް އޮފް ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ވެރިރަށް ޕޯޓް އޮފް ސްޕެއިންގައި ކުރިއަށްދާ ކޮމަންވެލްތް ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރެސައިޑިންގް އޮފިސަރސްގެ 21 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ހުކުރު ދުވަހު ފުރާވަޑައިގެންފިއެވެ.

ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ މެދުގައި ބާއްވާ މި ބައްދަލުވުން ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 7 އިން 12 އަށެވެ. މިބައްދަލުވުމުގެ ފުރަތަމަ ސެޝަން “ދަ ރޯލް އޮފް ޕާލިމެންޓަރީ ޑިޕްލޮމެސީ އިން ދަ އީރާ އޮފް ގްލޯބަލައިޒޭޝަން” ގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން، މަޖިލީހުގެ އިދާރާގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު އާއި ސީނިޔަރ ފޮރިން ރިލޭޝަންސް އޮފިސަރ އަލްފާޟިލާ ސާދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

14 ޞަފަރް 1433

8 ޖެނުއަރީ 2012