ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށް ބަހުސްކުރެއްވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 32 ވަނަ ޖަލްސާގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ތިންވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާ ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް 3 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މިބިލުގެ ބަހުސް ކުރިއަށް ގެންދަވަނިކޮށް، ޖަލްސާ ކޯރަމް ގެއްލުމުގެ ސަބަބުންވަނީ އިތުރަށް ކުރިއަށް ނުގެންދެވިފައެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 31 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވަނީ 16 އިސްލާޙެކެވެ. އަދި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 4 އިސްލާޙެއް ހުށަހަޅުއްވާފައިވެއެވެ.

މިއަދަކީ މިބިލަށް ބަހުސް ކުރެވުނު 2 ވަނަ ދުވަހެވެ.

 

4 ޞަފަރު 1433

29 ޑިސެމްބަރ 2011