ތިންވަނަ ފަހަރަށް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ފަސްކުރައްވައި، 13:00 ގައި ޖަލްސާ ފަށްޓަވާނެކަމަށް ރިޔާސަތުން އިޢުލާން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 32 ވަނަ ޖަލްސާ ތިންވަނަ ފަހަރަށް ކޯރަމް ހަމަނުވުމުގެ ސަބަބުން ފަސްކުރައްވައި، 13:00 ގައި ޖަލްސާ ފަށްޓަވާނެކަމަށް ރިޔާސަތުން އިޢުލާން ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9:04 ގައި ފަށްޓަވައި، 10:02 ގައި ކޯރަމް ގެއްލުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައި ނުގެންނެވުމުގެ ސަބަބުން، 11:00 ގައި ޖަލްސާ އަލުން ކުރިއަށް ގެންދަވާގޮތަށް ޖަލްސާ ފަސްކުރެއްވިއެވެ. އެއަށްފަހު 11:00 ގައި ޖަލްސާ ފެށްޓެވުމަށް ރަނގަބީލް ޖެއްސެވުމަށްފަހު، ކޯރަމް ހަމަނުވުމުން އަނެއްކާވެސް ރިޔާސަތުން ހުސްވަގުތުކޮޅެއް ދެއްވައި 11:30 ގައި ޖަލްސާ ފަށްޓަވާނެކަމަށް އިޢުލާންކުރެއްވިއެވެ. ނަމަވެސް 11:30 ގައިވެސް ޖަލްސާފެށްޓެވޭވަރަށް މެންބަރުން ހާޒިރުވެވަޑައިނުިގެންނެވުމުގެެ ސަބަބުން ފަސްމިނެޓަށް ބައްލަވައި ތިންވަނަ ފަހަރަށް ޖަލްސާ މެދުކަނޑާލައްވައި، 13:00 ގައި ޖަލްސާފަށްޓަވާނެކަމަށް މިހާރުވަނީ އިޢުލާންކުރައްވާފައެވެ.

 

4 ޞަފަރް 1433

29 ޑިސެމްބަރ 2011