ދެވަނަ ފަހަރަށް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ފަސްކުރައްވައި، 11:30 ގައި ޖަލްސާ ފަށްޓަވާނެކަމަށް ރިޔާސަތުން އިޢުލާން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 32 ވަނަ ޖަލްސާ ދެވަނަ ފަހަރަށް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ފަސްކުރައްވައި، 11:30 ގައި ޖަލްސާ ފަށްޓަވާނެކަމަށް އިޢުލާން ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ފުރަތަމަ ރިޔާސަތުން 10:00 ގައި ފަސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައި ނުގެންނެވުމުގެ ސަބަބުން 11:00 ގައި ޖަލްސާ ފަށާނެކަމަށް އިޢުލާން ކުރައްވަމުންނެވެ. ނަމަވެސް، 11:00 ވީ އިރުވެސް ޖަލްސާގެ ކޯރަމް ހަމަވާވަރަށް މެންބަރުން ޙާޒިރުވެ ވަޑައިނުގެންނެވުމުގެ ސަބަބުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޖަލްސާ މެދުކަޑާލެއްވީ 11:30 ގައި ފަށްޓަވާނެކަމަށް ރިޔާސަތުން އިޢުލާން ކުރައްވަމުންނެވެ.