ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 32 ވަނަ ޖަލްސާ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ޖަލްސާ ފެށުން 11:00 އަށް ފަސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާ ރިއާސަތުން ފަސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައި ނުގެންނެވުމުގެ ސަބަބުންނެވެ.
މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތުން 10:00 ގައި ޖަލްސާ ފަސްކުރެއްވިއިރު ޙާޒިރުވެވަޑައިގެންތިއްބެވީ 15 މެންބަރުންނެވެ.
4 ޞަފަރް 1433
29 ޑިސެމްބަރ 2011