ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ފެށުން 9:30 އަށް ފަސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 31 ވަނަ ޖަލްސާ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ޖަލްސާ ފެށުން 9:30 އަށް ފަސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ރިއާސަތުން ފަސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ޖަލްސާ ފަށާއިރު، ޤާނޫނީ ޢަދަދު ފުރިހަމަނުވެ، ކޯރަމް ރަނގަބީލު ޖެހުމަށްފަހު، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިޔުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ހަމަނުވާތީއެވެ.

3 ޞަފަރް 1433

28 ޑިސެމްބަރ 2011