ދިވެހިރާއްޖޭގެ ސިވިލްއޭވިޝަން އޮތޯރިޓީގެ ބިލަށް މަޖިލީހުން ގެންނެވި އެއް އިޞްލާހާއިއެކު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 30 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ސިވިލްއޭވިޝަން އޮތޯރިޓީގެ ބިލަށް މަޖިލީހުން ގެންނެވި އެއް އިޞްލާހާއިއެކު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ޢިއްތިފާޤުންނެވެ.

ދިވެހިރާއްޖޭގެ ސިވިލްއޭވިޝަން އޮތޯރިޓީގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ 6 އޮކްޓޯބަރ 2009 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 45 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިޞްލާޙުކުރެއްވުމަށްޓަކައި ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވީ 9 މާރޗް 2010 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. ބިލުގެ މަސައްކަތް ނިންމެވީ 25 އޮކްޓޯބަރ 2010 ގައި ބޭއްވެވި އެކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައެވެ.

 

2 ޞަފަރް 1433

27 ޑިސެމްބަރ 2011