ކޯރަމް ހަމަނުވުމުގެ ސަބަބުން 11:00 އަށް ޖަލްސާ ފަސްކުރައްވައިފި

 

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 30 ވަނަ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން 11:00 އަށް ޖަލްސާ ފަސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ރިއާސަތުން ފަސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައި ނުގެންނެވުމުގެ ސަބަބުންނެވެ.

މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ނިންމަވާލެއްވިއިރު ޙާޒިރުވެވަޑައިގެންތިއްބެވީ 19 މެންބަރުންނެވެ.

2 ސަފަރު 1433

27 ޑިސެމްބަރ 2011