ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 25 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 75 ވަނަ މާއްދާގެ (ހ) ގެ 3 ގެ ދަށުން އަދި އެމާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޕްރީ ސްކޫލް ހިންގުމުގެ ބިލުގެ ތިންވަނަ ކިއުން ރިއާސަތުން އިޢުލާންކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ޕްރީ ސްކޫލް ހިންގުމުގެ ބިލުގެ ދެވަނަ ކިއުމުގެ ބަހުސްގެ މަރުހަލާގައި ވާހަކަދެއްކެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން ވާހަކަދައްކަވާފައިވަނީ އެންމެ މެންބަރެކެވެ.
ޕްރީ ސްކޫލް ހިންގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 9 އިޞްލާހަކާއި، 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 1 އިޞްލާހަކާއި، 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 2 އިޞްލާހު ހުށަހަޅުއްވާފައިވެއެވެ.
24 މުހައްރަމް 1433
19 ޑިސެމްބަރ 2011