ޕްރީ ސްކޫލް ހިންގުމުގެ ބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް 15 މެންބަރުން މިއަދު ބަހުސްކުރައްވައިފި

ޕްރީ ސްކޫލް ހިންގުމުގެ ބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި ބަހުސްކުރައްވައިފިއެވެ.

މިގޮތުން މިބިލަށް 15 މެންބަރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވާފައިވެއެވެ. ޕްރީ ސްކޫލް ހިންގުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ 6 އޮކްޓޯބަރ 2009 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 45 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިޞްލާޙުކުރެއްވުމަށްޓަކައި ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވީ 9 މާރޗް 2010 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. ބިލުގެ މަސައްކަތް ނިންމެވީ 25 އޮކްޓޯބަރ 2010 ގައި ބޭއްވެވި އެކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައެވެ. މިބިލަކީ ޖުމްލަ 31 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ބިލެކެވެ.

19 މުހައްރަމް 1433

14 ޑިސެމްބަރ 2011