ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާހުތަކަށް ވޯޓަށް އެއްސެވުން ކުރިއަށްގެންދަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާހުތަކަށް ވޯޓަށް އެއްސެވުން ކުރިއަށްގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން ރިއާސަތުން ޖަލްސާ ނިންމަވާލެއްވިއިރު، ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 23 އިޞްލާޙަކަށް ވޯޓަށް އައްސަވައި 19 އިޞްލާހެއް ފާސްކުރައްވާފައިވެއެވެ.

ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވުން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 24 ވަނަ ޖަލްސާގައެވެ.