2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ.

މިކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ކުރިއަށްގެންގޮސްފައިވެއެވެ. މި 2 ބައްދަލުވުމުގައިވެސް ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރަށް ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނުއްވާފައިވާ “މިނިވަން މުއައްސަސާތަކާ ބަޖެޓާއި” ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމެވެ. މިގޮތުން 10:18 ގައި ބޭއްވުނު މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ހިޔުމަން ރައިޓްސް ކޮމިޝަން އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއާއި އެމްޕްލޯއިމެންޓް ޓްރައިބިއުނަލް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ބަޖެޓާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި 13:33 ގައި ބޭއްވުނު މިކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް މީޑިޔާ ކައުންސިލްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިންލެންޑް ރެވެނިއުއާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންއާއި އޮޑިޓް އޮފީސްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ބަޖެޓާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިއަދު ބޭއްވުނު 2 ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޢަބްދުއްރަޙީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ އާރިފް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙަންމަދު ޞާލިޙް، މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ، ތިމަރަފުށި ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު މުސްޠަފާ، ހުޅުމީދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިލްޔާސް ލަބީބު، މަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙަސަން އާދިލް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު އަސްލަމްއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަލްފާޟިލާ އީވާ ޢަބްދުﷲ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް ދެވަނަ ބައްދަލުވުމަށް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ. އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު މިއަދު ބޭއްވުނު ކޮމިޓީގެ 2 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

8 މުހައްރަމް 1432

3 ޑިސެމްބަރ 2011