ރައްޔިތުންގެ މަޖިލީހުގެ 7 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީއާއި، ޢާންމު ކޮމިޓީއާއި ޤައުމީތަރައްޤީގެ ކޮމިޓީއާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީއާއި 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީއާއި އިޤްތިޞާދީ ކަންކަމުގެ ކޮމިޓީ އަދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:50 ގައެވެ. މިބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބެޖެޓާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ.
ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:35 ގައެވެ. މިބައްދަލުވުމުގައި، ޕާލިމެންޓަރީ ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ދިރާސާކުރެއްވި ސަބް ކޮމިޓީގެ ރިޕޯޓް ދިރާސާކުރެއްވިއެވެ. އަދި ކޮމިޓީތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ހުށަހެޅުއްވި ޕްރޮޕޯސަލް ދިރާސާކުރެއްވިއެވެ. މީގެއިތުރުން މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަހަރީ ޙަފްލާއެއް ބޭއްވުމާ ބެހޭގޮތުން ފޮނުއްވާފައިވާ ޕްރޮޕޯސަލް ދިރާސާކުރެއްވުމަށްފަހު އަހަރީ ޙަފްލާ ބޭއްވުމަށް އެ ވަގުތު ކޮމިޓީ އަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ނިލަންދޫ ދާއިރާގެ މެންބަރު މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރަކީ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އެވެ. ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުު އަށް ވަޑައިނުގެންނެވުނީ ސަލާމްގައި ހުންނެވުމުންނެވެ.
ޤައުމީތަރައްޤީގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:30 ގައެވެ. މިބައްދަލުވުމުގައި ކޮމިޓީއަށް ލިބިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތަކާއި މެދުގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން އެންމެ އިސްކަމެއް ދީގެން ތައުލީމާ ބެހޭ ބިލް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. މީގެ އިތުރުން ކޮމިޓީއަށް ހުށަހެޅިފައިވާ ޤަރާރުތަކާއި މައްސަލަތައް ކުރިއަށް ގެންދަވާނެ ތަރުތީބު ވެސް ކަނޑައެޅުނެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެން މަނިކު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢިލް އަބްދުލްހަމީދު، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އެވެ.
ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:48 ގައެވެ. މިބައްދަލުވުމުގައި ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒު، މުލަކު ދާއިރާ މެންބަރު ޢަބްދުﷲ ޔާމީން އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ. ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އަށް ވަޑައިނުގެންނެވުނީ ސަލާމުގައި ހުންނެވުމުންނެވެ.
2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:25 ގައެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރަކާއި މުޤައްރިރުގެ ނައިބު ހޮއްވެވިއެވެ. ކޮމިޓީގައި ހާޒިރުވެވަޑައިގެންތިއްބެވި މެންބަރުންގެ އަޢްލަބިއްޔަތުން ކޮމިޓީގެ މުޤައްރިރަކަށް ހޮވިވެވަޑައިގެންނެވީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި މުޤައްރިރުގެ ނައިބަކަށް ހޮވިވެވަޑައިގެންނެވީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް އެވެ. މީގެއިތުރަށް 2010 ވަނަ އަހަރުގެ ކޮމިޓީ ހިންގުމުގެ ގަވާއިދު އިސްލާޙްކުރެއްވުމަށްފަހު، އެއީ މިއަހަރުވެސް ކޮމިޓީގެ ހިންގާ ގަވާއިދު ކަމުގައި ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އެވެ. މިކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ. ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އަށް ވަޑައިނުގެންނެވުނީ ސަލާމްގައި ހުންނެވުމުންނެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަށް ވަޑައިނުގެންނެވުނީ މަޖިލީހުގެ ދަތުރުފުޅެއްގައި ހުންނެވުމުންނެވެ.
އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:48 ގައެވެ. މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ “ޕާޓްނަރޝިޕްގެ ބިލް” ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ “އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލް’ ގެ މަސައްކަތެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. މިކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަށް ވަޑައިނުގެންނެވީ ޗުއްޓީގައި ހުންނެވުމުންނެވެ. ވިލިމާފަންނުދާއިރާގެ މެންބަރު އަޙްމަދު ނިހާނު ހުސައިންމަނިކު އަށް ވަޑައިނުގެންނެވުނީ ސަލާމުގައި ހުންނެވުމުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:30 ގައެވެ. މިބައްދަލުވުމުގައި މިނިވަންމުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މަސްއޫލީއްޔަތު ދާއިރާގައި ހިމެނޭ ސިވިލްސާވިސް ކޮމިޝަނާއި ބައްދަލުކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ. މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ އެވެ. މިކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރަކީ މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން އެވެ. ހެންވޭރު ދެކުނު ދާއިރާ މެންބަރު ހާމިދު ޢަބްދުލްޣަފޫރު އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރެއްގައި ހުންނެވުމުންނެވެ. ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ. އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަށް ވަޑައިނުގެންނެވުނީ ސަލާމްގައި ހުންނެވުމުންނެވެ.
5 މުހައްރަމް 1432
30 ނޮވެމްބަރ 2011