ޤައުމީ ފުޓްބޯޅަ ޓީމް ފުރަނީ ޤައުމީ ޖިހާދަކައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

އަންނަ ޑިސެމްބަރމަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވޭ ސާފު ޗެމްޕިއަންޝިޕް 2011 އަށް ރާއްޖޭން ބައިވެރިވާާ ޤައުމީ ފުޓްބޯޅް ޓީމް ފުރަނީ ޤައުމީ ޖިހާދަކައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެެއެވެ.

ދިވެހި ޤައުމީޓީމަށް ހިތްވަރުދިނުގެގޮތުން މިއަދު ހަވީރު 16:30 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ ފަރާތުން މަޖިލިސްކުރާގޭގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޤައުމީ ފުޓްބޯޅަ ޓީމަށް ރައްޔިތުންގެ މަޖިލީހުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާކަމަށެވެ. އަދި ޤައުމީ ފުޓްބޯޅަ ޓީމު އެކުލެވިގެންވަނީ ހިތްވަރުގަދަ ފަހުލަވާނުންތަކެއްގެ މައްޗަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ އުސް ފުޓުބޯޅަ ދަނޑުތަކުން ދިވެހި ޤައުމީ ދިދަ ޤައުމީ ޓީމު ވިހުރުވާލާނެކަމަށް އުންމީދުކުރައްވާކަމަށާއި މިމަހު 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ޤައުމީ ދިދަ ހިފައިގެން ޤައުމީ ފުޓްބޯޅަ ޓީމަށް މަރުޙަބާ ކިޔުމަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ތައްޔާރަށް ތިއްބަވާނެކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ސޯޝަލް ކްލަބުން އިންތިޒާމްކުރި މިޙަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޤައުމީޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.

02 މުޙައްރަމް 1432

27 ނޮވެމްބަރ 2011