ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ބިލް ލަސްނުކުރައްވައި ފާސްކޮށްދެއްވުމަށް ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ގޮވާލައްވައިފި

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ބިލް ލަސްނުކުރައްވައި ފާސްކޮށްދެއްވުމަށް އެދި ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭ މިއަދު ގޮވާލައްވައިފިއެވެ.

މަޖިލީސްކުރާގޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ތަޤްރީރުކުރައްވަމުން އެކަމަނާ ވިދާޅުވީ އަންހެނުންނާއި އަންހެންކުދީންނާ މެދު ތަފާތު އަނިޔާވެރި ޢަމަލުތައްކުރުމާއި އެކިކަހަލަ ތަފާތުކުރުންތައް ދަނީ އިތުރުވަމުންނެވެ.

ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭ ވަނީ މުޖުތަމައުގެ ހަމަހަމަ ބައިވެރިންގެ ގޮތުގައި އަންހެނުންނަށް ޙައްޤުތައް ލިއްބައިދޭ އެހެނިހެން ބިލްތައްވެސް ފާސްކޮށްދެއްވުމަށް މެންބަރުންނަށް ގޮވާލައްވާފައެވެ.

އެކަމަނާ ރާއްޖެ ވަޑައިގެންފައިވަނީ މިމަހު 22 އިން 24 އަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

28 ޛުލްޙިއްޖާ 1432

24 ނޮވެމްބަރ 2011