ޔޫއެންޑީޕީގެ ފަރާތުން ހިންގާ “ޑިޑް ޔޫ ނޯ” ޙަރަކާތުގައި މަޖިލީހުން ބައިވެރިވަނީ

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ފަރާތުން މިމަހު 25 ވާ ހުކުރު ދުވަހު ހިންގުމަށް ހަމަޖެހިފައިވާ “ޑިޑް ޔޫ ނޯ” ޙަރަކާތުގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޙަރަކާތަކީ ޔޫއެންޑީޕީގެ ފަރާތުން ޤާނޫނުއަސާސީ އާއި އިންސާނީ ހައްޤުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ. މިގޮތުން ހުކުރު ދުވަހު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް މައުލޫމާތު ދިނުމަށްޓަކައި މަޖިލީހުގެ ސްޓޯލެއް ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

ޔޫއެންޑީޕީގެ ފަރާތުން ހިންގަވާ މި ޙަރަކާތުގައި 2010 ވަނަ އަހަރުވެސް މަޖިލީހުން ވަނީ ބައިވެރިވެފައެވެ.

27 ޛުލްޙިއްޖާ 1432

23 ނޮވެމްބަރ 2011