ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާ 4 މެއި 2010 ވާ އަންގާރަދުވަހު ބާއްވާގޮތަށް ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާ 4 މެއި 2010 ވާ އަންގާރަދުވަހުގެ ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި، ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތް ކުރެއްވުމަށް ހުށަހެޅުއްވުން ހިމެނެއެވެ.

މި ޖަލްސާ އަޑުއެއްސެވުމަށް ވަޑައިގަތުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެެ.