ސީ.ޕީ.އޭ ގެ ފަރާތުން ކޮމިޓީތަކުގެ މުޤައްރިރުނާއެކު މައުލޫމާތު ބަދަލުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއެކު މައުލޫމާތު ބަދަލުކުރުމުގެ ޕްރޮގްރާމެއް ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ ފަރާތުން މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. މި ބޭފުޅުންނަކީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ 3 މެންބަރުންކަމުގައިވާ މރ. މައިކް ގޭޕްސް އާއި މިސް. ޔޭސްމިން ކުރޭޝީ އަދި މިސް. ހެލަން ގްރާންޓް އެވެ.

ރައްޔިތުންގެ މަޖިލީސްކުރާގޭ ކޮމިޓީ ރޫމް 1 ގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ބަދަލުކުރެވޭ ކަންތައްތަކުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީތަކާއި މުޤައްރިރުންގެ ދައުރާއި، ކޮމިޓީތައް ހަރުދަނާކުރެވޭނެ ގޮތްތަކާއި، ސެކްރެޓޭރިއެޓްގެ ހުނަރުތަކާއި ކޮމިޓީތައް ހަރުދަނާ ކުރެވިދާނެ ގޮތްތައް ހިމެނެއެވެ. މާދަމާގެ ސެޝަންގައި ކޮމިޓީ ސެކްރެޓޭރިއަޓަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

19 ޛުލްޙިއްޖާ 1432

15 ނޮވެމްބަރ 2011