އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ބައްދަލުވުނ މިއަދު 12:15 ގައި ބާއްވައިފިއެވެ. މިކޮމިޓީގެ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. އެގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން މެންބަރުން ސާފުކުރައްވަން ބޭނުންފުޅުވާ އިތުރު ކަންތައްތަކެއް ހުރުމާއެކު، 16 ނޮވެމްބަރ 2011 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް އާއި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ހުންނެވީ ރަސްމީ ބައްދަލުވުމެއްގައެވެ.

 

18 ޛުލްޚިއްޖާ 1432

14 ނޮވެމްބަރ 2011