ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާ މާދަމާ 1 ނޮވެމްބަރ 2011 ވާ އަންގާރަދުވަހު ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މާދަމާގެ ޖަލްސާ އޮންނާނެކަން މެންބަރުންނަށް ދަންނަވައި މާދަމާގެ ޖަލްސާގެ އެޖެންޑާ ފޮނުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރު ގެންދަނީ ކުރަމުންނެވެ.
މާދަމާގެ ޖަލްސާ ފެށޭނީ ހެނދުނު 9:00 ގައެވެ.
4 ޒުލްހިއްޖާ 1432
31 އޮކްޓޯބަރ 2011