ރައްޔިތުންގެ މަޖިލީހުގެ 7 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 7 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބޭއްވިފައިވެއެވެ. އެއީ މާލިއްޔަތު ކޮމިޓީ، ޢާންމު ކޮމިޓީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، ޤައުމީ ތަރައްޤީގެ ކޮމިޓީ، މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އަދި ސުލޫކު ކޮމިޓީ އެވެ.

މާލިއްޔަތު ކޮމިޓީ ބޭއްވިފައިވަނީ 09:43 ގައެވެ. މިބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ބައްދަލުވުން މިހާތަނަށް ބޭއްވިފައިނުވާތީ ކޮމިޓީގެ ޖަލްސާގެ ބަދަލުގައި ސަބް ކޮމިޓީ ޖަލްސާ ބޭއްވުމަށް ވަގުތު ދިނުމަށްޓަކައި ޖަލްސާ ނިންމަވާލެއްވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އެވެ. ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުންނެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.

ޢާންމު ކޮމިޓީ ބޭއްވިފައިވަނީ 09:30 ގައެވެ. މި ބައްދަލުވުމުގައި ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅުއްވާފައިވާ ސިޓީތައް ފޮނުވާނެ ކޮމިޓީއެއް ކަނޑައެޅުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 193 ވަނަ މާއްދާއަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވިއެވެ. މީގެއިތުރުން މަޖިލީހުގެ ގަވާއިދަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރައްވައި ކުއްލި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ނ) ށް ހުށަހަޅުއްވާފައިވާ އިޞްލާޙާއި މެދު މިއަދުގެ ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ. ވަޑައިނުގަންނަވާ މެންބަރަކީ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ ބޭއްވިފައިވަނީ 11:45 ގައެވެ. މިބައްދަލުވުމުގައި “ޓެކްސް ނެގުމުގެ އިދާރީ ޤާނޫނު” އަށް އިސްލާހު ގެނައުމުގެ ބިލްގެ މާއްދާއަކަށް އިސްލާހެއް ގެންނަވައި، ބިލުގެ މަސައްކަތް މުޅިން ނިންމެވިއެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދުވާފަރު ދާއިރާގެ މެންބަރު މުހަންމަދު ޒުބައިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހަންމަދު އަސްލަމް އެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ ބޭއްވިފައިވަނީ 11:27 ގައެވެ. މިބައްދަލުވުމުގައި ކޮމިޓީގައިވާ ސިއާސީ ޕާޓީގެ ބިލު ކުރިއަށް ގެންދާނެގޮތެއް ކަނޑައެޅުއްވުމަށް މަޝްވަރާކުރެވުނެވެ. އަދި ކާށީދޫ ދާއިރާގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާއިމެދު ކޮމިޓީގައި މަޝްވަރާކުރެވުނެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުންނެވެ.

ޤައުމީ ތަރައްޤީގެ ކޮމިޓީ ބޭއްވިފައިވަނީ 11:25 ގައެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޕްރީސްކޫލް ހިންގުމުގެ ބިލްގެ މަސައްކަތެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް އަދި ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ ބޭއްވިފައިވަނީ 9:50 ގައެވެ. މިބައްދަލުވުމުގައި، ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކާއި ނާއިބު މުޤައްރިރެއް ހޮއްވެވުމެވެ. ކޮމިޓީގެ އަޤްލަބިއްޔަތުން މުޤައްރިރަކަށް ހޮވިވަޑައިގެންނެވީ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، އަދި ނާއިބު މުޤައްރިރަކަށް ހޮވިވަޑައިގެންނެވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ. އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ. ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުންނެވެ.

ސުލޫކު ކޮމިޓީ ބޭއްވިފައިވަނީ 14:30 ގައެވެ. މިބައްދަލުވުމުގައި ކޮމިޓީ ބާއްވާނެ ގަޑިއަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި “ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ޤަވާޢިދު” އަށް ހުށަހަޅުއްވަން ބޭނުންފުޅުވާ އިޞްލާޙެއް އޮތްތޯ ބެއްލެވުމަށް މިނިވަން މެންބަރުންނަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އަދި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲއަބްދުއްރަހީމް އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ އެވެ.

21 ޛުލްޤަޢިދާ 1432

19 އޮކްޓޯބަރ 2011