ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް އައި.ޕީ.ޔޫގެ 125 ވަނަ އެސެމްބްލީގައިި ބައިވެރިވެވަޑައިގަންނަމުން އެބަގެންދަވާ

އިންޓަރ ޕާރލިމަންޓްރީ ޔުނިއަންގެ (އައި.ޕީ.ޔޫ)ގެ 125 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަމުން އެބަގެންދަވައެވެ.

ސްވިޒަރލެންޑްގެ ބާންގައި މި އޮކްޓޯބަރ މަހުގެ 16 ން 19 އަށް ކުރިއަށްދާ އައި.ޕީ.ޔޫގެ 125 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަމުން ގެންދަވާ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަލްފާޟިލް އަޙުމަދު ނާޒިމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އަލްފާޟިލާ ވިސާމް ޢަލީ އާއި ދާންދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ރިޔާޟް އަދި ކިނބިދޫ ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ ޒަމީރު އެވެ. މިބައްދަލުވުމުގައި އައި.ޕީ.ޔޫގެ ރައީސް އަދި ނާއިބު ރައީސް އިންތިޚާބުކުރުމަށް ހަމަޖެހިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ.

19 ޛުލްޤަޢިދާ 1432

17 އޮކްޓޯބަރ 2011