ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ދިޔަ ގޮތް

ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބޭއްވިފައިވެއެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:30 ގައެވެ. މިބައްދަލުވުމުގައި، ނެޓްބޯލް އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރ އަލްފާޟިލް އިޝްރަތު ޙަމީދު / ހ.ނީމާ 28 އޯގަސްޓް 2011 ގައި ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވިއެވެ. އެއަށްފަހު މިކޮމެޓީގެ ބައްދަލުވުމުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ރަށްރަށުގެ އިންޖީނުގެތަކަށާއި ޔުޓިލިޓީސް ކުންފުނިތަކަށް ދޫކުރުމަށް ކަނޑައަޅުއްވާ ފައިސާ ލިބިދެވޭނެ އުޞޫލު މާލިއްޔަތު ކޮމިޓީއިން ކަނޑައެޅުއްވުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގަވާފައިވީނަމަވެސް، އެ ފައިސާ ދޫނުކުރެވި ލަސްވެފައިވާތީ، އެ މައްސަލައާއި ގުޅޭގޮތުން އެނަރޖީ އޮތޯރިޓީއާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކަމާއިބެހޭ ބޭފުޅުންނާއި ބައްދަލު ކުރެއްވިއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:27 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ޓެކްސް ނެގުމުގެ އިދާރީ ބިލް”އަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:08 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނީ އިމްތިޔާޒް ބިލާމެދު ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވެލައްވާ މާއްދާތަކަކީ ކޮބައި ކަމާއި އެމާއްދާތަކާމެދު އެބޭފުޅުންގެ ޙިޔާލުފުޅު ހޯއްދެވުމެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމު އެވެ. ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒު ހުންނެވީ ސަލާމްގަ އެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އާއި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެވެ.

14 ޛުލްޤަޢިދާ 1432

12 އޮކްޓޯބަރ 2011