ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި އިޞްލާހުތަކާއެކު ފާސްކުރައްވައިފި

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި 38 އިޞްލާހާއެކު މިއަދު ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުން ޢިއްތިފާގުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 33 އިޞްލާޙު އަދި (ނ) ގެ ދަށުން 5 އިޞްލާޙެއް ފާސްކުރައްވާފައިވެއެވެ.

 

13 ޛުލްޤައިދާ 1432

11 އޮކްޓޯބަރ 2011