މާލިއްޔަތު ކޮމިޓީގެ 2 ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 2 ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ 09:30 ގައެވެ.

މިބައްދަލުވުމުގައި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 24 ވަނަ މާއްދާއަށް (ރ) އެއް އިތުރުކުރުމާމެދު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފެނިވަޑައިގަންނަވާގޮތް ބަޔާންކުރައްވައި އެ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ފަނޑިޔާރުންގެ ޤާނޫނު އިސްލާހުކުރެއްވުމާއި އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ކަމަށްވާތީ، މި އިސްލާހާއި ގުޅޭގޮތުން އެކޮމިޓީގެ މުޤައްރިރާއި މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށެވެ.

އެއަށްފަހު، ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅުއްވަންޖެހޭ ފަރާތްތަކަށް ފޯން އެލަވަންސް ލިބިދިނުމާމެދު މަޝްވަރާކުރެވުނެވެ. މިމައްސަލައިގައި އިތުރަށް ހޯދަންޖެހޭ މަޢުލޫމާތުތައް ހުރުމާއެކު، އެ މަޢުލޫމާތުތައް ފުރިހަމަ ވުމުން، ފޯނު އެލަވަންސްއާއި ގުޅޭ މައްސަލަ އަލުން އެޖެންޑާ ކުރެއްވުމަށް ނިންމެވެ.

މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އަދި ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ.

 

ދެވަނަ ބައްދަލުވުން ބޭއްވިފައިވަނީ 11:35 ގައެވެ. މިބައްދަލުވުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކޮމިޓީ އެލަވަންސްއާއި ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، އަދި ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ.

 

13 ޛުލްޤަޢިދާ 1432

11 އޮކްޓޯބަރ 2011