ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވެވި 11 މެންބަރުންގެ ކޮމިޓީގެ ބައްދަލުވުން މިރޭ ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވެވި 11 މެންބަރުންގެ ކޮމިޓީގެ ބައްދަލުވުން މިރޭ ބާއްވައިފިއެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލުގެ 20 ވަނަ މާއްދާއިން ފެށިގެން މިބިލުގެ ނިއަލަށް ބައްލަވައި މެންބަރުންނަށް ފެނިވަޑައިގަންނަވާ އިޞްލާހުތައް ބިލަށް ގެންނެވިއެވެ.

އަދި މިބިލުގެ މަސައްކަތް މާދަމާރޭ 20:30 ގައި ބާއްވާ ގޮތަށް ކޮމިޓީން ނިންމެވިއެވެ.

މިކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ. އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް ހުންނެވީ ސަލާމުގައެވެ.

 

7 ޛުލްޤަޢިދާ 1432

5 އޮކްޓޯބަރ 2011