3 ކޮމެޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. އެއީ އިޤްތިޞާދީ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އެވެ.

އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:48 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ގަސްގަހާގެހި ކަރަންޓީނުކުރުމުގެ ބިލަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅުއްވާފައިވާ ހިޔާލުތަކުގެ އަލީގައި ބިލުގެ މާއްދާތައް, މާއްދާއަކުން މާއްދާއަކުން ބައްލަވާ ގޮތަށް ކޮމިޓީގައި ތިއްބެވި އެންމެހާ މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. އެއަށްފަހު، ބިލް ފައްޓަވައިގެން ބިލްގެ 8 ވަނަ މާއްދާގެ ނިޔަލަށް ކޮމެޓީން ބައްލަވައި މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލުު،  މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ. މިބައްދަލުކުރެއްވުމަށް ހާޒިރުވެވަޑައިގެންނުވާ މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު،  ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އަދި ވިލިމާފަންނުދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިންމަނިކުއެވެ.

 

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 9:49 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ 2010 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓް އާއިމެދު މަޝްވަރާ ކުރެއްވިއެވެ. އަދި މިރިޕޯޓާއި ގުޅޭގޮތުން މެންބަރުން އޮޅުންފިލުވަން ބޭނުންފުޅުވާ ކަންތައްތައް ހުރުމާއެކު، އެމަޢުލޫމާތުތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހޯއްދެވުމަށްފަހު، މިމައްސަލައާއިމެދު އިތުރަށް މަޝްވަރާކުރުމަށް ނިންމެވިއެވެ.

މިކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. ހާޒިރުވެވަޑައިގެންނުވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވެވި 11 މެންބަރުންގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:11 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލުގެ 1 ވަނަ މާއްދާއިން 19 ވަނަ މާއްދާއަށް ބިލު އިސްލާޙް ކުރެއްވިއެވެ. އަދި މިބިލުގެ މަސައްކަތް މިރޭ 21:00 ގައި ބާއްވާ ގޮތަށް ކޮމިޓީން ނިންމެވިއެވެ.

މިކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، އަދި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމްއެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ކޮމެޓީއަށް ހާޒިރުވެވަޑައިގެންފައިވެއެވެ. އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް ހުންނެވީ ސަލާމުގައެވެ.

 

7 ޛުލްޤަޢިދާ 1432

5 އޮކްޓޯބަރ 2011