ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ އިސްބޭފުޅަކު ރާއްޖެ ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމްގެ ދަޢުވަތަކަށް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މިސްޓަރ ލީ ޖިންހުއާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިމަހު 22 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ހިޒް އެކްސެލެންސީ މިސްޓަރ ލީ ޖިންހުއާގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރީ މަސައްކަތްތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން އެމަނިކުފާނު، ސްޕެޝަލް އެންވޯއީ ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީއާ ބައްދަލުކުރައްވާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

މރ. ޖިންހުއާގެ މިދަތުރުފުޅުގައި ރާއްޖޭގައި ދެދުވަސް ހޭދަކުރައްވާނެއެވެ.

 

22 ޝައްވާލް 1432

20 ސެޕްޓެމްބަރ 2011