ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ޕްރޮގްރާމެއް ހިންގައިފި

ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމްގައި މާލޭގެ 14 ސްކޫލަކުން ގްރޭޑް 8 އަދި 9 ގައި ކިޔަވަމުން ގެންދާ 56 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ޖަލްސާކުރާ މާލަން ދައްކާލައި، ރައްޔިތުންގެ މަޖިލީހާ ގުޅޭ މައުލޫމާތު އެރުވުނެވެ. އަދި ޑިމޮކްރަސީ އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް “ޑިމޮކްރަސީ ދުވަސް – ދަރިވަރުންގެ ފޯރަމް 2011” ގެ ނަމުގައި ފޯރަމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިފޯރަމްގައި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް 8 މެންބަރަކު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ފޯރަމްގެ ރެކޯޑިންގް ޑިމޮކްރަސީ ދުވަސް ކަމުގައިވާ 15 ސެޕްޓެމްބަރ ގައި އެމްއެންބީސީ ވަން އިން ރޭގަނޑު 9:00 އިން 10:00 އަށް ފޮނުވުމަށް ހަމަޖެހިފައިވެ އެވެ.

16 ޝައްވާލް 1432

14 ސެޕްޓެމްބަރ 2011