އިސްކަންދަރު ސްކޫލްގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޒިޔާރަތްކޮށްފި

އިސްކަންދަރު ސްކޫލްގެ ގްރޭޑް 5 ގެ 35 ދަރިވަރަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ޒިޔާރަތްކޮށްފިއެވެ. މިޒިޔާރަތުގައި ދަރިވަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ރައްޔިތުންގެ މަޖިލިސް އާ ގުޅޭގޮތުން މައުލޫމާތު ހޯދާފައެވެ.

އިސްކަންދަރު ސްކޫލްގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޒިޔާރަތް ކޮށްފައިވަނީ މިސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރުންނަށް ހިންގާ ” ޗެލެންޖް ވީކް 2011 ” ޕްރޮގްރާމްގެ ދަށުންނެވެ.

16 ޝައްވާލް 1432

14 ސެޕްޓެމްބަރ 2011