ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނުގޮތް

ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީއެއްގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންދެވިފައިވެއެވެ. އެއީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމާއި ސަރުކާރުގެ މަސްއޫލިއްޔާތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:20 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް،  ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ. މިބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލް އޮފީހުން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް ދިން މައްސަލަ އާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ސަރުކާރުގެ މަސްއޫލިއްޔާތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:00 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް އާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. މައްޗަންގޮޅި ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އާއި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ބައްދަލުވުމަށް ވަޑައިގެންފައިނުވަނީ ސަކާމުގައި ހުންނެވުމުންނެވެ.

މި ބައްދަލުވުމުގައި 9 ސެޕްޓެމްބަރ 2011 ވީ ހުކުރު ދުވަހު ކ.ހުރާގައި ހިނގައިދިޔަ ހިތާމަވެރި ޙާދިޘާ ބައްލަވާނެ ގޮތަކާއި މެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ.

މިރޭ 8:30 ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރެވިފައިވެއެވެ.

14 ޝައްވާލް 1432

12 ސެޕްޓެމްބަރ 2011