ތަޢުޒިޔާ ގެ މެސެޖް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ކ. ހުރައަށް މިއަދު ހެނދުނު ޒިޔާރަތްކުރި ހިރިޔާ ސްކޫލްގެ ދަރިވަރުންގެ ތެރެއިން ހަތަރު ކުއްޖަކާއި އެސްކޫލްގެ ޕްރިންސިޕަލް ނިޔާވުމާގުޅިގެން އެ ދަރިވަރުން ނާއި ޕްރިންސިޕަލްގެ ޢާއިލާ އަށާއި ހިރިޔާ ސްކޫލަށް ކުރިމަތިވި ހިތާމައިގެ މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހިތާމައިގާ ބައިވެރިވެ ވަޑައިގެން އެ ޢާއިލާ ތަކަށް ވަރަށް އިޚްލާސް ތެރި ކަމާއެކު ތަޢުޒިޔާ ދަންނަވައެވެ. މިހިތާމަވެރި ޙާދިސާ ގައި ނިޔާވި ދަރިވަރުންގެ ޢާއިލާތަކަށާއި ޕްރިންސިޕަލްގެ ޢާއިލާ އަށާއި ހިރިޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި ސްކޫލްގެ މެނޭޖްމަންޓަށް ކެތްްތެރިކަން ދެއްވުމަށާއި ނިޔާވި ދަރިވަރުންނާއި ޕްރިންސިޕަލް އަށް މާތް ﷲ ގެ ތަނަވަސް ރަޙްމަތުން ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވުން އެދި އެ އިލާހުގެ ޙަޒްރަތުގައި ދުޢާ ދަންނަވައެވެ.

11 ޝައްވާލް 1432

9 ސެޕްޓެމްބަރ 2011