ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކް ބާދީ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައި މަޖިލީހުގެ ރައީސް ފޮނުއްވައިފި

ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކްބާދީ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައި މަޖިލީހުގެ ރައީސް ފޮނުއްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލައްވަމުން އެމަނިފާނު ދެއްކެވި ވާހަކަފުޅުގައި މި ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން އެންމެންކުޅަ ހެޔޮ ޢަމަލުތަކުގެ ޘަވާބު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ދުވާލުގެ ވަގުތުތަކުގައާއި ރޭގަނޑުގެ ވަގުތުތަކުގައި މިކުޅަ އަޅުކަމުގެ މަތިވެރިކަން އަޅުގަނޑުމެންނަށް ދެއްވާ މާތް ﷲ އަޅުގަނޑުމެންގެ މި ޢަމަލުތައް ޤަބޫލުކުރައްވާ އަޅުގަނޑުމެން އެންމެންނަށް ބަރަކާތާއި ހެޔޮދަރުމަ ދެއްވުން އެދި ހެޔޮދުޢާކުރެއްވިއެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށް އެދި ކީރިތިވަންތަ ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވާކަމުގައި ވިދާޅުވިއެވެ.