ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 6 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެއެވެ. އެއީ މާލިއްޔަތު ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ، ގަވާއިދު ކޮމިޓީ އަދި ޤައުމީ ސަލާމަތުގެ ކޮމިޓީއެވެ.

 

މާލިއްޔަތު ކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ބޭއްވިފައިވެއެވެ. ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ 11:56 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި އެމް.ބީ.ސީ އިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ބަޖެޓް އާއިގުޅޭގޮތުން އެ ކޯރޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުންނާއި ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވިއެވެ. އެއަށްފަހު، މި ހިނގާ 2011 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް އިތުރުކޮށްދެއްވުމަށް އެދި އެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެވުނެވެ. މިކޮމެޓީގެ ބައްދަލުވުމަށް ޙާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް،  ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ.

މާލިއްޔަތު ކޮމެޓީގެ 2 ވަނަ ބައްދަލުވުން ބޭއްވިފައިވަނީ 14:10 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ކޮމިޓީ އެލަވަންސް ލިބިދިނުމަށް އަލުން ކަނޑައެޅުއްވި އުޞޫލު ފައިނަލް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިކޮމެޓީގެ ބައްދަލުވުމަށް ޙާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.

 

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:55 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި މި ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ކޮމިޝަނެއްކަމުގައިވާ އެންޓި- ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތް ހިގާނުހިގާ ގޮތާބެހޭގޮތުން އެކޮމިޝަނުން ވަޑައިގެންނެވި ބޭފުޅުންނާއި ސުވާލުކުރެއްވެވިއެވެ. މިކޮމެޓީގެ ބައްދަލުވުމަށް ޙާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު،އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު. ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ،ތުލުސަދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމަ އަލީއެވެ.

 

ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:45 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ބިލުގައި ކުރިން ބައްލަވާފައިހުރި މާއްދާތައް އަލުން ބައްލެވިއެވެ. އަދި އެމާއްދާތަކަށް ގެންނަން ފެނިވަޑައިގެންނެވި އިސްލާހުތައް ގެންނެވިއެވެ. އަދި ބިލްގެ 32 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވުމަށްފަހު މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިކޮމެޓީގެ ބައްދަލުވުމަށް ޙާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލްއެވެ.

 

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:55 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިކޮމެޓީގެ ބައްދަލުވުމަށް ޙާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ.

 

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 22:00 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ ބޯޑަށް މަދަނީ ޖަމްޢިއްޔާގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި މެންބަރުން ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލާފައިވާ 16 ބޭފުޅުންގެ ތެރެއިން 6 ބޭފުޅަކާއި އިންޓަރވިއުކުރެއްވިއެވެ. މިކޮމެޓީގެ ބައްދަލުވުމަށް ޙާޒިރުވެ ވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤްއެވެ.