ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނުގޮތް

ރައްޔިތުންގެ މަޖިލީހުގެ 9 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 8 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެއެވެ. އެއީ ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ، މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ، ޤައުމީ ތަރައްޤީގެ ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވi ކޮމިޓީ، ޤައުމީ ސަލާމަތުގެ ކޮމިޓީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަދި އިޤްތިޞާދީ ކޮމިޓީ އެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ބޭއްވިފައިވަނީ 11:00 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ. މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއްނުވެއެވެ.

އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ ބޭއްވިފައިވަނީ 11:00 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އެވެ. ބައިވެރިވެވަޑައިނުގަންނަވާ މެންބަރަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އެވެ. ބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ނެޝަނަލް އާރކައިވްސް ބިލް” ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

ޤައުމީ ތަރައްޤީގެ ކޮމިޓީ ބޭއްވިފައިވަނީ 11:45 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަދި ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް އެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އަޢުލަބިއްޔަތުން ޕްރީ ސްކޫލް ހިންގުމުގެ ބިލުގެ ސުންގަޑި އެއްކަމުގައި 31 އޮގަސްޓް 2011 ކަނޑައެޅުއްވިއެވެ. މީގެ އިތުރުން ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލް ދިރާސާ ކުރެއްވުމަށްޓަކައި ސަބް ކޮމިޓީއެއް އެކުލަވާލެވުނެވެ. މި ސަބްކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އަދި ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު އެވެ. މީގެ އިތުރުން އަންގާރަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ދިވެހިރާއްޖޭގެ ތައުލީމުގެ ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ނިންމެވިއެވެ. މިއަދުގެ ބައްދަލުވުމުގައި ގައުމީ މަންހަޖް ދިރާސާ ކުރައްވާ ކޮމިޓީން ތަޢުލީމުގެ ހުރިހާ މަރުހަލާއެއްގައި އިސްލާމް އަދި ދިވެހި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވާތީ އެއާ އެއްގޮތަށް މިހާރު އަމަލުކުރެވެމުން ދޭތޯ ސާފުކުރެއްވުމަށް އެޑިއުކޭޝަނަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން ސައިރެކްސް އިން ހުށަހަޅުއްވާފައިވާ މައްސަލަ އާގުޅޭގޮތުން މަޖިލީހުގެ ޤާނޫނީޓީމްގެ ލަފައެއް ހޯއްދެވުމަށް ނިންމެވިއެވެ. މިއަދު ގެ ބައްދަލުވުން ނިންމަވާލެއްވީ އިސްލާމިކް ޔުނިވާސިޓީ ގާއިމު ކުރުމުގެ ބިލާ ބެހޭ ގޮތުން ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށް ނިންމަވާފައެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ ބޭއްވިފައިވަނީ 12:00 ގައެވެ. މި ބައްދަލުވުމުގައި ކޮމިޓީގައި ތިއްބަވާ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ ބޭއްވިފައިވަނީ 12:45 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިން، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އެވެ. ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ ބައްދަލުވުމަށް ވަޑައިގެންފައިނުވެއެވެ.

ޤައުމީ ސިއްޙީ އިންޝުއަރެންސާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވi ކޮމިޓީ ބޭއްވިފައިވަނީ 12:45 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އެވެ. މިބައްދަލުވުމުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިލްގެ ސުންގަޑި ސުންގަޑި ކަމުގައ 17 އޮކްޓޯބަރ 2011 ކަނޑައެޅުއްވިއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީ ބޭއްވިފައިވަނީ 14:00 ގައެވެ. ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އަދި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް އެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވަނީ ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ. މިބައްދަލުވުމުގައި ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ ބޯޑަށް މަދަނީ ޖަމްޢިއްޔާގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި މެންބަރުން ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކާއި ބައްދަލުކުރުމަށް އަންނަ ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަސް ނިންމެވިއެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ބިލާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި ބިލަށް އެކުލަވައިފައިވާ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން، ބޮޑު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 2 ބޭފުޅުންނާއި އިދާރީ މޭޒުން އެއްބޭފުޅަކު އޮސްޓްރޭލިއާ ޖަލު ބެލުމަށްޓަކައި ކުރުމަށް ނިންމަވައިފައިވާ ދަތުރުގައި ބައިވެރިވުމަށް ފެންނަކަމަށް މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް ހުށަހަޅުއްވާ، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ތާޢީދުކުރައްވައި އަދިި އެވަގުތު ކޮމިޓީއަށް ވަޑައިގެންނެވި އެއްވެސް މެންބަރަކު އިޢުތިރާޟް ނުކުރައްވާތީ އެގޮތަށް ކޮމިޓީން ނިންމެވިއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ ބޭއްވިފައިވަނީ 14:00 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިހް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބެއިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. ވަޑައިނުގަންނަވަނީ އަލިފުށި ދައިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް އަދި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އެވެ.

އިޤްތިޞާދީ ކޮމިޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.

16 ރަމަޟާން 1432

16 އޯގަސްޓް 2011