ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނު ގޮތް

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 4 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެ އެވެ. މިއަދު ކުރިއަށް ގެންދެވުނު 4 ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އަދި ޤައުމީ ސަލާމަތުގެ ކޮމިޓީ އެވެ. ބޭއްވިފައިނުވަނީ މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އެވެ.

މިއަދު 11:00 ޖެހިއިރު ތަޢާވަލްކުރެވުނު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ ގެ ބައްދަލުވުން ބޭއްވިފައިނުވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ 11 މެންބަރުންގެ ތެރެއިން ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުޞޫމް އާއި މާމިލިގީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އާއި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް އާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އާއި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:00 ޖެހިއިރު އެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:45 ގައެވެ. މި ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އާއި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން އާއި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:00 ގަ އެވެ. މި ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އާއި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު އާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް އާއި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ފަރެސްމާތޮޑާ މެންބަރު އިބްރާހިމް މުއްޠަލިބު އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އާއި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ އާއި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒު އެވެ.

މިބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ކޮމިޓީގެ އިއްތިފާޤުން ފަރެސްމާތޮޑާ މެންބަރު އިބްރާހިމް މުއްޠަލިބު ނަންފުޅު ފާސްކުރެވުނެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީ ބޭއްވިފައިވަނީ 14:00 ގައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އާއި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތޯރިގް އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އާއި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް އަދި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް އެވެ.

03 ރަމަޟާން 1432

03 އޯގަސްޓް 2011