ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮއްވަވައިފި

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށްފަހު އެކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުން މިއަދު ކޮމިޓީތަކުން ހޮއްވަވައި ނިންމަވައިފިއެވެ.

މިއަދުގެ ހެނދުނު 11:00 އިން ފެށިގެން މަޖިލީހުގެ އިދާރާގައި ކޮމިޓީތައް ބައްދަލުކުރައްވައި ކޮމިޓީތަކުގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮއްވެވިއިރު މިދިޔަ އާދީއްތަ ދުވަހު ވަނީ ގަވައިދު ކޮމިޓީގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮއްވަވާފައެވެ. މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުން ހޮވިވަޑައިގެންފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

1. ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

މުޤައްރިރު: މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

ނައިބް މުޤައްރިރު: ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު

2. އިޖްތިމާޢީ ކޮމިޓީ

މުޤައްރިރު: ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު

ނައިބް މުޤައްރިރު: މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޣަޒީޒް ޖަމާލް އަބޫބަކުރު

3. މިނިވަން މުޢަައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ

މުޤައްރިރު: ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު

ނައިބް މުޤައްރިރު: ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު

4. ޤައުމީ ތަަރައްޤީގެ ކޮމިޓީ

މުޤައްރިރު: ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ

ނައިބް މުޤައްރިރު: ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު

5. ސުލޫކު ކޮމިޓީ

މުޤައްރިރު: މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ

ނައިބް މުޤައްރިރު: ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު

6. އިޤްތިޞާދީ ކޮމިޓީ

މުޤައްރިރު: ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް

ނައިބް މުޤައްރިރު: މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

7. ޤައުމީ ސަލާމަތުގެ ކޮމިޓީ

މުޤައްރިރު: ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު

ނައިބް މުޤައްރިރު: ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

8. ޕެޓިޝަން ކޮމިޓީ

މުޤައްރިރު: ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު

ނައިބް މުޤައްރިރު: ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު

9. އިމްތިޔާޒު ކޮމިޓީ

މުޤައްރިރު: މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު

10. ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

މުޤައްރިރު: ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް

ނައިބް މުޤައްރިރު: ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު

11. ޢާންމު ކޮމިޓީ

މުޤައްރިރު: ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު

ނައިބް މުޤައްރިރު: ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު

12. މާލިއްޔަތު ކޮމިޓީ

މުޤައްރިރު: ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް

ނައިބް މުޤައްރިރު: އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް

13. ގަވާއިދު ކޮމިޓީ

މުޤައްރިރު: ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު

ނައިބް މުޤައްރިރު: އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މުޤައްރިރުންނާއި ނައިބު މުޤައްރިރުންގެ ގޮތުގައި ހޮވިވަޑައިގެންނެވި ބޭފުޅުންނާއި މަޖިލީހުގެ ރައީސް މިރޭ 9:30 ގައި މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވައި ކޮމިޓީތަކުގެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

02 ރަމަޟާން 1432

02 އޯގަސްޓް 2011