ކޮމިޓީތަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައިވާ ގޮތް މަޖިލީހުން ފާސްކުރައްވައިފި

މިރޭ ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 14 ވަނަ ޖަލްސާގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، ކޮމިޓީތަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުން މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިރޭގެ ޖަލްސާގައި މިމައްސަލައަށް ވޯޓުދެއްވާފައިވަނީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ ތެރެއިން ފެންނަކަމަށް 36 މެންބަރުން، ނުފެންނަކަމަށް 1 މެންބަރެކެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 ޖުލައި 2011 ވާ ބުދަދުވަހު ހެނދުނު 9:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.