އޭޝިއަން ޕާލިމެންޓަރީ އެސެބްލީ މީޓިންގ އޮން ޕޮލިޓިކަލް އެފެއަރޒްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މަޖިލީހުގެ މެންބަރަކު ފުރާވަޑައިގެންފި

ސައުތް ކޮރެއާގެ ވެރިރަށް ސޯލްގައި މިމަހު 4 އިން 6 އަށް ކުުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭޝިއަން ޕާރލިމަންޓްރީ އެސެމްބްލީ (އޭ.ޕީ.އޭ) މީޓިންގ އޮން ޕޮލިޓިކަލް އެފެއަރޒް ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ނާޒިމް ރަޝާދު ފުރާވަޑައިގެންފިއެވެ.

އޭ.ޕީ.އޭ އަކީ އޭޝިއާގެ ޤާނޫނުހަދާ މަޖިލީސްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ބަދަހިކޮށް ސަރަޙައްދުގެ ޕާރލިމަންޓްތަކަށް ދިމާވާ މައްސަލަތަކާމެދު މަޝްވަރާކޮށް ހައްލުހޯދުމުގެ މަޤްޞަދުގައި އުފެދިފައިވާ ޖަމްޢިއްޔާއެކެވެ.

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ ލީގަލް އެފެއަރޒް  އަލްއުސްތާޛު ހުސެއިން ވަހީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.