މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފ

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިބިލު ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ފުދުންތެރި އިޤްތިޞާދަކަށް ހެދުމަށްޓަކައި، ދިވެހިރާއްޖެއަށް ތަޢާރަފުކުރަންޖެހޭ އެއް ބާވަތުގެ ޓެކުހަކީ، ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކާ މުދަލާއި ފޯރުކޮށްދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ކަމުގައިވާތީ، އެ ޓެކްސް ނެގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެއް ތަޢާރުފުކުރުން ކަމަށެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ވަނީ އަނބުރާ ގެންދަވާފައެވެ. އަދި ޤާނޫނު ނަންބަރު 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިއަދުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް މިއަދުގެ ޖަލްސާއަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

 

 

18 ރަޖަބް 1432

20 ޖޫން 2011