ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނު ވިލާތުގެ ޤާނޫނުހަދާމަޖިލީހުގެ މެންބަރުންނާއިއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެވެނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް 21 ޖޫން 2011 ވާ އަންގާރަދުވަހު 16.30 ގައި ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިމެޗުގެ ޝަރަފުވެރި މެޙުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މިމެޗަކީ އާންމުންނަށް ހުޅުވާލެވިފައިވާ މެޗެއްކަމުގައި ދަންނަވައި، ވީހާވެސް ގިނަ ބޭފުޅުން މިމެޗު ބެއްލެވުމަށް ވަޑައިގެން ދެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

 

18 ރަޖަބް 1432

20 ޖޫން 2011