“ޤާނޫނު ހަދާ މަޖިލީހާއި މީޑިޔާ” ގެ ނަމުގައި ސެޝަނެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް މީޑިޔާ ކައުންސިލް ގުޅިގެން “ޤާނޫނު ހަދާ މަޖިލީހާއި މީޑިޔާ” މިނަމުގައި މީޑިޔާގެ ފަރާތްތަކަށް އަމާޒުކޮށްގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަން ފަށްޓަވާދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވީ މިސެޝަން އަކީ ވަރަށް މުހިންމު ސެޝަންއެއް ކަމަށާއި  ޑިމޮކްރަސީއެއްގައި މީޑިއާގެ ރޯލް ވަރަށް މުޙިއްމުކަމަށްވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން “ޤާނޫނު ހަދާ މަޖިލީހާއި މީޑިޔާ” މިނަމުގައި މިބޭއްވޭ ސެޝަނުން އިތުރު މަޢުލޫމާތުތަކެއް ނޫސްވެރިންނަށް ލިބިގެންދާނެކަމުގެ އުއްމީދުކުރައްވާކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ސެޝަންގައި މައުލޫމާތު ދެއްވީ ރައްޔިތުންގެ މަޖިލީހާއި، ކޮމަންވެލްތް ސެކްރެޓޭރިއެޓާއި ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގުޅިގެން ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުގެ ދައުރާއި ޙައްޤުތަކާއި ޛިއްމާތަކާ ބެހޭގޮތުން ކޮމަންވެލްތް ޤައުމުތަކުގެ މަސައްކަތު ބައްދަލުވުމަށް ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ 4 ބޭފުޅުން ކަމަށްވާ ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަސަކަވާ މަސީރޭ-މޮވަމްބާ އާއި ކެންޔާގެ ނެޝިނަލް އެސެމްބްލީގެ ރައީސް އޮނަރަބަލް ކެނެތް މެރެންޑޭ އާއި ސެއިންޓް ލޫޝިއާގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އޮޕްޒިޝަން ލީޑަރ އޮނަރަބަލް ކެނީ އެންތަނީ އަދި ކޮމަންވެލްތް ޖާނަލިސްޓް އެސޯސިއޭޝަން (ޔޫ.ކޭ) ރައީސް މިސް ރީޓާ ޕޭން އެވެ.

މި ސެޝަން ކުރިއަށް ދިޔައީ ސުވާލުކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަންއެއްގެ ގޮތުގައެވެ.