ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެ

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ 2 ޖޫން 2011 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެއެވެ.

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ފުރަތަމަ ކިޔުން އިއްވައި 2 ބިލަކާއި އިބްތިދާއީ ބަހުސް ފެށުމަށް 5 ބިލެއް ހިމެނިފައިވެއެވެ.

29 ޖުމާދަލްއާޚިރު 1432

1 ޖޫން 2011