ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ އިންތިޒާމްތަކާއި ބެހޭ މަޢުލޫމާތު ދެއްވި އެވެ. އަދި މަޖިލީހުގެ ޖާގައިގެ ދަތިކަމާ ބެހޭގޮތުންނާއި އެކަން ހައްލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވި އެވެ.

23 ޖުމާދަލްއާހިރު 1432

26 މެއި 2011