ޖިނާއީ އިޖްރާއަތުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައިފި (12 އޭޕްރިލް 2011)

ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖްރާއަތުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ. އަދި މިއަދުގެ ޖަލްސާގައި ދިވެހިބަހާއި އިސްލާމްދީން އިޖްބާރީ ދެ މާއްދާގެ ގޮތުގައި ކަނޑައެޅުމާގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު، ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވާފައިވެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލާއި، މުސާރައިގެ އޮނިގަނޑުގެ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވެވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޙީ މަޖިލީހަށް އިއްވުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 13 އޭޕްރީލް 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

8 ޖުމާދަލްއޫލާ 1432

12 އޭޕްރީލް 2011