ޖަޕާންގެ ރައްޔިތުނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެންނަވައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީއާ ގުޅިގެން، ގިނަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކާއި ގުޅިގެން، ޖަޕާންގެ ރައްޔިތުނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެންނަވައިފިއެވެ.

މި ސުކޫތު ގެންނެވީ، މިއަދު ބޭއްވެވި މެންެދުރު ދަންފަޅީގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އިއުލާނުކުރެއްވުމާ ގުޅިގެންނެވެ. މި ސުކޫތުގަައި 60 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

11 ރަބީޢުލްއާޚިރު 1432

16 މާޗް 2011